-

މޯލްޑިވެސް ހައްޖު ކޯޕަރޭށަން

"މޯލްޑިވެސް ހައްޖު ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނުންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫން) ގެ 95 މާއްދާގެ ދަށުން އުފައްދާފައިވާ ދިވެހިސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ، ޤާނޫނީ ވަކި ށަހްސަކަށެވެ. މި ކުންފުނީގެ މައުގަނޑު މަގުސަދަކީ ދިވެހި ހާޖީންނަށް ލުއި ފަސޭހަކަމާއެކު ހައްޖަށް ދިއުމުގެ މަގު ތަނަވަސް ކޮށްދީ، ހައްޖަށް ދާން ގަސްދުކުރާ ދިވެހި ރައްޔިތުންގެ ފައިސާ އަމާނާތްތެއިކަމާއެކު ރައްކާތެރިކޮށްދިނުމެވެ.