-

ނެޓްވަރކްގެ ސަރަހައްދު

"ނެޓްވަރކްގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށް އޮތޯރިޓީން، ލިޔުމަކުން ނެރޭ ގަރާރުގައި ކަނޑައަޅާފައިވާ ނެޓްވަރކްގެ ސަރަހައްދަކަށެވެ. މިގޮތުން ނެޓްވަރކްގެ ސަރަހައްދެއް ކަނޑައަޅާފައި ނުވާނަމަ، ނެޓްވަރކްގެ ސަރަހައްދުކަމަށް ބަލާނީ: އަމިއްލަ މީހުންގެ ގޯތިގެދޮރުގައި ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ބެހެއްޓޭ ފުރަތަމަ ސޮކެޓަށް؛ ނުވަތަ ޢިމާރާތެއްގައި ބެހެއްޓިފައި ހުންނަ ޑިސްޓްރިބިއުށަންގެ މައި ފޮއްޓަށް؛ ނުވަތަ އޮތޯރިޓީން ލިޔުމަކުން ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހިދުމަތް ލިބިގަންނަ ފަރާތާއި، ލައިސަންސް ލިބިފައިވާ ފަރާތުން ނެޓްވަރކްގެ ސަރަހައްދުކަމަށް އެއްބަސްވާ ތަނަކަށެވެ.