-

ޓެލެކޮމިއުނިކޭށަންގެ ސިނާއަތު

"ޓެލެކޮމިއުނިކޭށަންގެ ސިނާއަތު" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަންނަނިވި ކަންކަން ށާމިލުވާ ޞިނާޢަތަކަށެވެ. ކެރިއަރެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުން؛ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ހިދުމަތްދިނުން؛ ޓެލެކޮމިއުނިކޭށަންގެ ހިދުމަތާ ގުޅިގެން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛ ހިދުމަތް ލިބިގަންނަ ފަރާތަށް ބޭނުންވާނެ އިކުއިޕްމަންޓް ނުވަތަ އެހެނިހެން ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް އިމްޕޯޓުކުރުން ނުވަތަ ތައްޔާރުކުރުން؛ ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްގެ ނުވަތަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތައް ގާއިމުކުރުމާއި، މަރާމާތުކުރުމާއި، މަސައްކަތްކުރުން ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކަށް ގުޅުން ގާއިމުކުރުން.