-

ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކް

ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކް" ކަމަށް ބުނެފައި އެވަނީ، ވަކިގޮތަކަށް އަމާޒުކޮށްގެން ނުވަތަ އަމާޒުނުކޮށް، ނުވަތަ މި ދެ ގޮތުގެމަތިން ބޭނުންކުރެވޭ އިލެކްޓްރޯ މެގްނެޓިކް ހަކަތައިގެ ޒަރީޢާއިން، ގާއިމުކުރެވިފައިވާ ތަންތަނަށާއި، ނުވަތަ ބަދަލުވާ ތަންތަނަށާއި، ނުވަތަ ގާއިމުކުރެވިފައިވާ ތަންތަނާއި ބަދަލުވާ ތަންތަނުގެ ދެމެދުގައި އެއް ޕޮއިންޓުން އަނެއް ޕޮއިންޓަށް ނުވަތަ އެއް ޕޮއިންޓުން ގިނަ ޕޮއިންޓްތަކަކަށް، ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި، ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސަރަހައްދުތަކުގެ މެދުގައި، މުއާޞަލާތްތައް ބަދަލުކުރުމަށް ބޭނުންކުރެވޭ ނިޒާމަށް، ނުވަތަ ނިޒާމުތަކަށެވެ.