-

އިންޒާރުދިނުން

"އިންޒާރުދިނުން" ކަމަށް ބުނެފައި އެވަނީ، ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރުދިނުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން އެސް.އެމް.އެސް ނުވަތަ އީ-މެއިލް ނުވަތަ ފެކްސް ނުވަތަ ފޯންކޯލް ނުވަތަ އެނޫންވެސް ގޮތަކަށް، ނުވަތަ ސިޓީއެއް ނުވަތަ ލިޔުމެއް ލިޔެ ހާމަކުރުން، ނުވަތަ ފާރު ފަދަ ތަނެއްގައި ލިޔެ ހާމަކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށެވެ.