-

ކުށް މައާފުކޮށްދިނުން ނުވަތަ މައާފުދިނުން

"ކުށް މައާފުކޮށްދިނުން" ނުވަތަ "މައާފުދިނުން" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ދަށުން ހުށަހަޅާ އިލްތިމާސަކާ ގުޅޭގޮތުން، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރ 2/2010) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށް، ހުކުމް ތަންފީޒުވަމުންދާ މީހެއްގެ އަދަބު ނުވަތަ އަދަބުން ބައެއް މައާފުކޮށްދިނުމުގެ ގޮތުން ނުވަތަ ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކަނޑައެޅުމަށެވެ.