-

ސިއްހީގޮތުން ނުރައްކާތެރި އިމާރާތް

"ސިއްހީގޮތުން ނުރައްކާތެރި އިމާރާތް" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަދަ ޢިމާރާތަށެވެ. ޢިމާރާތް ހުރި ތަނަކުން ނުވަތަ ޢިމާރާތްކޮށްފައިވާ ގޮތަކުން ނުވަތަ ބާވެ ހަލާކުވުމުގެ ސަބަބުން ނުވަތަ މަރާމާތުކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބޭ ނުވަތަ ގެއްލުން ލިބިދާނެކަމަށް ބެލެވޭ ޢިމާރާތްތައް؛ ނުވަތަ ޢިމާރާތުގެ އެތެރެއަށް ފެން ވަނުމުގެ ސަބަބުން ނުވަތަ ޢިމާރާތުގައި ފިނި ހިފުމުގެ ސަބަބުން އެ ޢިމާރާތުގެ އެތެރޭގެ ތެއްކަން އުފެދުން ހުއްޓުވާ ނިޒާމަކަށް އެކަށީގެންނުވާ ވަރަށް ހުރުން ނުވަތަ އެފަދަ ނިޒާމެއް މައްސަލަ ޖެހިފައިވުން؛ ޢިމާރާތަކީ އެތަނެއްގައި ފެން ބޭނުންކުރާ ގޮތަށް ފަރުމާކުރެވިފައިވާ ޢިމާރާތަކަށް ވާނަމަ، އެ ޢިމާރާތަށް ލިބޭ ފެނަކީ ބޭނުންކުރަން އެކަށީގެންނުވާ ފެން ކަމުގައިވާ ޢިމާރާތްތައް؛ ނުވަތަ ޢިމާރާތެއްގައި ކުރުމަށް ކަނޑައެޅިފައިވާ ކަމަކަށް އެކަށީގެންވާ މިންވަރަށް ސާފުތާހިރުވުމުގެ ހިދުމަތް ނެތް ޢިމާރާތްތައް.