-

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން

''ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން" ކަމަށް ބުނެފައ އެވަނީ އަންނަނިވި ކަންތައްތަކަށެވެ. މަގުތަކުގައި ކަތިކައްޗަށް (ޒިގްޒެގްކޮށް) މަގު ހުރަސްވާގޮތަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދު ދުއްވުން؛ ސައިލެންސަރުން އަޑުގަދަކޮށްގެން ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބަދަލުގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުން؛ ހަރު ގާނަމުން އެއްގަމު އުޅަނދު ދުއްވުން؛ ގޯޅިއަކަށް ނުވަތަ މަގަކަށް ނުކުންނައިރު ނުވަތަ މަގުތަކުގައި ދުއްވާއިރު ދުވެލިމަތަ (ބަންޕަރު) އަށް މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވުން؛ ޓްރާންސްޕޯޓް އޮތޯރިޓީއާއި އެ އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުން، ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި މަގުތަކުގައި ދުއްވާ އެހެން ވެހިކަލްތަކަށް ޖާގަނުދީ، ރައްކާތެރިކަމާއެކު ކުރިއަރައިގެންދާނެ ޖާގަނެތި ނުރައްކާތެރިކޮށް އޯވަރޓޭކްކުރަމުން ދުއްވުން؛ މަސްތުގެ ޙާލަތުގައި ހުރެގެން އެއްގަމު އުޅަނދު ދުއްވުން.